މުޑުދާރު ތަނެއްގައި ތައްޔާރުކޮށް ބިދޭސީން ވިއްކަމުންދިޔަ ކާބޯތަކެތީގެ ނަންތައް ފެންނާނެހެން މައުލޫމާތު ހާމަކޮށްފި

އިއްޔެ އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، މުޑުދާރުތަނެއްގައި ބިދޭސީންތަކެއް ކާބޯތަކެތި ތައްޔާރުކޮށް ފިހާރަތަކުގައި އެތަކެތި ވިއްކަމުންދިޔަކަން ފާހަގަކުރެވުނުއިރު އެ ތަކެތީގެ ނަންތަކާއި ...

07 Aug 2024 | 10:54

އިއްޔެ އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، މުޑުދާރުތަނެއްގައި ބިދޭސީންތަކެއް ކާބޯތަކެތި ތައްޔާރުކޮށް ފިހާރަތަކުގައި އެތަކެތި ވިއްކަމުންދިޔަކަން ފާހަގަކުރެވުނުއިރު އެ ތަކެތީގެ ނަންތަކާއި ބްރޭންޑް ފެންނާނެ ފަދަ ފޮޓޯތަކެއް އިމިގްރޭޝަނުން މިއަދު އާންމުކޮށްފިއެވެ.

އެގޮތުން އިމިގްރޭޝަނުން އެ ފޮޓޯތައް އާންމުކުރަމުން ބުނެފައިވަނީ އިއްޔެ ކާބޯތަކެތި ތައްޔާރުކޮށް ވިޔަފާރިކުރަމުންދިއަ ގެއެއް ބަލައި ފާސްކުރުމާއި ގުޅިގެން ގިނަ ފަރާތްތަކަކުން ދަނީ އެތަނުގައި ތައްޔާރުކޮށް ވިއްކަމުންދިއަ ކާބޯތަކެތީގެ ތަފްސީލު ދިނުމަށް އެދެމުން ކަމަށާއި ފޮޓޯތަކުގައި އެވަނީ މި ތަކެތީގެ ތަފްސީލު ކަމަށެވެ.

ދިރިނޫޅެވޭވަރަށް ވީރާނާވެފައިވާ ގެއެއްގައި ބިދޭސީން ހިންގަމުންދިޔަ “ފުޑް ފެކްޓަރީ” އެއް ރެއިޑްކޮށް ތިން މީހަކު އިއްޔެ އަތުލައިގެންފައިވެއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން އިއްޔެ ބުނެފައިވަނީ ދިރިނޫޅެވޭ ވަރަށް ބައުވެ، ވީރާނާވެފައިވާ ގެއެއްގައި، ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައަކާ ބެހޭގޮތުން “އިމިގްރޭޝަން ވޮޗް” އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން މިއަދު ހެނދުނު މާލެ ސަރަހައްދުގެ ގެއެއް ބަލައި ފާސްކުރި ކަމަށެވެ.

“ގަވާއިދާ ޚިލާފަށް އެތަނުގައި ދިރިއުޅޭ 03 ބިދޭސީއެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެނެވިފައި” އިމިގްރޭޝަނުން އިއްޔެ ބުނެފައިވެއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާތީ، އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް