ކާޑު މެޝިންތަކާއި އޭޓީއެމްތައް މިހާރު ރަގަނޅު ވާނެ: ބީއެމްއެލް

ބީއެމްއެމްއެލް ކާޑު މެޝިންތަކާއި އޭޓީއެމްގެ ޚިދުމަތްތަށް މިހާރު ލިބޭނެ ކަަމަށް ބީއެމްއެލްއިން ބުނެފިއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދެމުން އަންނަ ގިނަ ޚިދުމަތްތަކަކަށް ބުރޫ އަރާފައިވާއިރު، ކަސްޓަމަރ...

07 Aug 2024 | 09:26

ބީއެމްއެމްއެލް ކާޑު މެޝިންތަކާއި އޭޓީއެމްގެ ޚިދުމަތްތަށް މިހާރު ލިބޭނެ ކަަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދެމުން އަންނަ ގިނަ ޚިދުމަތްތަކަކަށް ބުރޫ އަރާފައިވާއިރު، ކަސްޓަމަރުންނަށް ވަނީ ގިނަ ތަކްލީފްތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

ބީއެމްއެލްއިން އޭރު ބުނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތައް ކުރެވެމުން ދާކަމަށެވެ.

ބީއެމްއެލްއަށް ދިމާވި ބައެއް މައްސަލަ ތައް ހައްލުކުރެވިފައިވާއިރު، އޭޓީއެމް އަދި ކާޑުގެ ޚިދުމަތްތައް މިހާރު ރަގަނޅު ކުރެވިފައިވާ ކަމަށް ބެންކުން ވަނީ ބުނެފައެވެ.

މީގެއިތުރުން ބީއެމްއެލްއިން ބުނީ އިންޓަނޭޓް ބެންކިންގްގެ ޚިދުމަތްތައް ރަގަނޅު ކުރުމުގެ މަސައްކަތް މިހާރު ވެސް ބެންކުން ދަނީ ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް