ޑރ ޖަމީލް އަދުރޭއަށް- ކޮބައިތޯ އެކަރުނަ އެޅި ލޯތައް؟ ކޮބައިތޯ އެގޮވި ޙަރާމް ހުކުމް؟

ޕީއެންސީ ހަރުގޭގައި ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރައީސް ޔާމީން އާއި ގުޅޭ ގޮތުން ދެއްކެވި ވާހަކައަށް ޑރ ޖަމީލް ރައްދުދެއްވައިފިއެވެ. "މިޔަށް ކިޔަނީ ބުޅާ ގޯނިން ބޭރުވުން. އަސްލު ސޫރަ...

07 Aug 2024 | 08:25

ޕީއެންސީ ހަރުގޭގައި ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރައީސް ޔާމީން އާއި ގުޅޭ ގޮތުން ދެއްކެވި ވާހަކައަށް ޑރ ޖަމީލް ރައްދުދެއްވައިފިއެވެ.

"މިޔަށް ކިޔަނީ ބުޅާ ގޯނިން ބޭރުވުން. އަސްލު ސޫރަ ﷲ ތަޢާލާ މި ކަޝްފު ކުރައްވަނީ. ކޮބާތޯ އެ ހުސް ގޮނޑި؟ ކޮބާތޯ އެގޮތވި ޙަރާމް ހުކުމް؟ ހިނި އަންނަނީ އަދުރޭ އެކަނި ހުއްޓަސް ރައީސް މުއިއްޒުގެ ވެރިކަން ނިންމާދޭނެތީ. ކޮންމެ ފަހަރަކު ބައިކޮޅަށް ގޯލް ޖަހަނީ" ޖަމީލް ވިދާޅުވިއެވެ.

ރޭ ޖަލްސާގައި އަދުރޭ ވަނީ ރައީސް ޔާމީން އާއި ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަ ތަކެއް ދައްކަވާފައެވެ.

" ހުސްގޮނޑު ހިފައިގެން ދުވުނު މީހުންނަށް93 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއްވެސް ނުދިން. ބުނީ ގެއަށް ވަންނާށޭ، ސިޔާސީ ކަންކަމުން ދުރަށްދާށޭ، ވައްކަން ކޮށްގެންނޭ ތިހުރީ" އަދުރޭ ވިދާޅުވެފައި ވެއެވެ.

މީގެއިތުރުންވެސް ވަނީ ގިނަ ވާހަކަތަކެއް ދައްކާފައެވެ. އެކަމާ ގުޅިގެން ސޯސަލް މީޑިއާގައި ގިނަ ބަޔކު ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް