ބޭންކް އޮފް މޯލްޑިވްސް އިން ދެމުން އަންނަ ގިނަ ޚިދުމަތްތަކަކަށް މިއަދު ބުރޫ އަރާފައިވާއިރު، ކްރެޑިޓް ކާޑާ ޕްރީޕެއިޑް ކާޑާ އެހެން ބޭންކްތަކުގެ ކާޑުތައް ކާޑު މެޝިންތަކުގައި މިވަގުތު ބޭނުން ކުރެވޭނެކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން ހާމަކުރަމުން އެ ބޭންކުން ދެންމެ ބުނެފައިވަނީ ޕީއޯއެސް (ކާޑު މެޝިން) ތަކާއި، އޭޓީއެމްތަކާއި އިންޓަނެޓް އަދި މޯބައިލް ބޭންކިންގެ ޚިދުމަތް މެދުކެނޑެމުން އަންނަ ކަމަށެވެ.
މި ހާލަތުގައި ދިމާވާ ދަތިތަކަށް މައާފަށް އެދެމުން ބީއެމްއެލްއިން ބުނެފައިވަނީ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް