ބީއެމްއެލްގެ ބައެއް ޚިދުމަތްތައް ޑައުން - ކަސްޓަމަރުން ތަކުލީފުގައި

ޤައުމީ ބޭންކް، ދިވެހީންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތަކަށް ބުރޫއަރައި ކަސްޓަމަރުންނަށް ތަކުލީފާ ކުރިމަތިލާން ޖެހިއްޖެ އެވެ. އެގޮތުން ބީއެމްއެލްގެ އެޕް އަދި އިންޓަނެޓް ބޭންކިންގް ޚިދުމަތ...

07 Aug 2024 | 04:47

ޤައުމީ ބޭންކް، ދިވެހީންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތަކަށް ބުރޫއަރައި ކަސްޓަމަރުންނަށް ތަކުލީފާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެގޮތުން ބީއެމްއެލްގެ އެޕް އަދި އިންޓަނެޓް ބޭންކިންގް ޚިދުމަތް މެދުކެނޑިފައިވާތާ ދޮޅު ގަޑިއިރެއްހާއިރުވެފައިވާއިރު ބޭންކުން ބުނެފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، އެޕާއި އިންޓަނެޓް ބޭންކިންގް ޚިދުމަތަށް ބުރޫއަރަމުން އަންނަ ކަމަށެވެ.

އިތުރަށް ބުނެފައިވަނީ ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހާލަތުގައި ދިމާވާ ދަތިކަމަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ އެންމެ ގިނަ ދިވެހިން އެ ބޭންކެއްގައި ފައިސާ ރައްކާކޮށް މެނޭޖްކުރާ ބޭންކް ކަމުގައިވާއިރު އެ ބޭންކްގެ ޚިދުމަތް މެދުކެނޑޭ ކޮންމެ ވަގުތަކީ އާއްމު ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހޭ ވަގުތުތަކަކަށް ވެގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް