އަމިއްލަ ކެނޑިޑޭޓުންގެ ފޯމު ލަސްވަނީ ތާއީދު ފޯމުތައް ބަލާޗެކްކުރާތީ: އީސީ

އަމިއްލަ ކެނޑިޑޭޓުންގެ ފޯމުތައް ބަލައިގަތުން ލަސްވަނީ ތާއީދު ފޯމުތައް ބަލާޗެކްކުރާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ވަނީ ...

07 Aug 2023 | 14:20

އަމިއްލަ ކެނޑިޑޭޓުންގެ ފޯމުތައް ބަލައިގަތުން ލަސްވަނީ ތާއީދު ފޯމުތައް ބަލާޗެކްކުރާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ވަނީ ފޯމު ހުށަހަޅުއްވާފައެވެ.

އެއީ އުމަރު ނަސީރާއި އަހުމަދު ފާރިސް މައުމޫނު އަދި ހަސަން ޒަމީލްއެވެ. ބާކީ ފަސް ކެނޑިޑޭޓުން ކުރިމަތި ލެއްވީ އެކި ޕާޓީތަކުންނެވެ. އަދި މިހާރު އެ ފަސް ކެނޑިޑޭޓުންގެ ފޯމުތައް އީސީން ވަނީ ބަލައިގަނެފައެވެ.

އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބު ގައި ވާދަ ކުރެއްވުމަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓުން ހުށަހެޅުއްވި ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރަމުން އެބަގެންދާ ކަމަށެވެ.

ސައްހަކަން ކަށަވަރުވިހާ އަވަހަކަށް އެކަން އީސީ އިން ހާމަ ކުރާނެ ކަމަށާއި، އުންމީދު ކުރެވެނީ 24 ގަޑިއިރު ހަމަވުމުގެ ކުރިން ކޮމިޝަނުން ނިންމިގޮތް ހާމަކުރެވުން ކަމަށް ހަބީބު ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ކެނޑިޑޭޓެއްގެ މައްޗަށް އީސީން 1500  މީހުންގެ ސޮއިގެ ސައްހަކަން ކަށަވަރު ކުރަމުން އެބަގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް