ގާސިމްގެ ކެނޑިޑެސީ އީސީން ބަލައިގަނެފި

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައު ި ވާދަ ކުރައްވާ ކެނޑިޑޭޓް، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފިއެވެ. ކެނޑިޑެސީ ފޯމު ހުށަހެޅުއްވީ ގާސިމ...

07 Aug 2023 | 09:47

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައު ި ވާދަ ކުރައްވާ ކެނޑިޑޭޓް، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފިއެވެ.

ކެނޑިޑެސީ ފޯމު ހުށަހެޅުއްވީ ގާސިމްއެވެ. އަދި އީސީގެ ފަރާތުން ފޯމާ ހަވާލުވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.

ގާސިމްގެ ކެނޑިޑެސީ ފޯމު ހުށަހެޅުމަށްޓަކައި ގިނަ އަދަދެއްގެ ޖޭޕީ މެމްބަރުން ވަނީ މިއަދު ހެނދުނު 9:00ށް ކުނޫޒަށް ގޮސްފައެވެ. އަދި ރަތާއި ހުދު ހިމެނޭ ހެދުމުގައި އެންމެން ވަނީ ފޯމު ހުށަހެޅުމުގެ ރަސްމިއްޔާތަށް އީސީއަށް ގޮސްފައެވެ.

އީސީގެ  ނައިބުރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާސިމްގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، ގާސިމް އިބްރާހީމް، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު  ޤަބޫލު ކޮށްފައިވާ ކަމަށެވެ.

ގާސިމްގެ އިތުރުން މިއަދު ކެނޑިޑެސީ ހުށަހެޅުއްޕީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެނޑިޑެސީވެސް އީސީން ވަނީ ބަލައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް