ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެނޑިޑަސީ ރަނގަޅު ކަމަށް ނިންމައި އެ ކެނޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.
މިކަން ހާމަކުރައްވައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ 2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، އޮނަރަބަލް ޑރ. މުހައްމަދު މުއިއްޒު ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އޮނަރަބްލް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ޤަބޫލު ކޮށްފައި ކަމަށެވެ.
މުއިއްޒުގެ ކެނޑިޑަސީ އީސީން ގަބޫލުކޮށްފައިވާއިރު އޭނާގެ ރަނިންމޭޓަކީ ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެވެ.
މުއިއްޒުގެ ކެނޑިޑަސީ ހުށަހެޅުއްވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މުއިއްޒުގެ އިތުރުން ފާރިސާއި ގާސިމާއި އުމަރާއި ޒަމީލްވެސް މިއަދު ކެނޑިޑަސީ ހުށަހެޅުއްވިއެވެ. މީގެ އިތުން އިލްޔާސާއި ރައީސް ސޯލިހާއި ނާޒިމްގެ ކެނޑިޑަސީ އިއްޔެ ހުށަހަޅުއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް