މަސްވެރިންނަށް މިޔަރުގެ އުނދަގޫބޮޑު މައްސަލަ ރައީސަށް ދަންނަވައިފި

މަސްވެރިންނަށް މިޔަރުގެ އުނދަގޫބޮޑު މައްސަލަ ދ. މީދޫ މަސްވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ. ކެމްޕޭނަށް ރައީސް މިއަދު މީދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު ...

07 Aug 2023 | 08:14

މަސްވެރިންނަށް މިޔަރުގެ އުނދަގޫބޮޑު މައްސަލަ ދ. މީދޫ މަސްވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

ކެމްޕޭނަށް ރައީސް މިއަދު މީދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މީދޫއަކީ މަސްވެރި ރަށެއް ކަމަށާއި އަދި މަސައްކަތްތެރި، އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރާ މީހުން ދިރިއުޅޭ ރަށެއް ކަމަށެވެ.

ކުރީގައިވެސް މަސްވެރިކަންކުރާ މީދޫ މީހުން މިހާރުވެސް އާމްދަނީ ހޯދުމަށް އެންމެ ގިނައިން ކުރަނީ މަސްވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ހާއްސަކޮށް ބޮޑުކަންނެލީގެ މަސްވެރިކަމަށް އެންމެ މަޝްހޫރު އެއް ރަށް ގޮތުގައި ރައީސް މީދޫ ސިފަކުރެއްވިއެވެ.

"މިއަދި އަޅުގަނޑު ފައިބައިގެން އައިއިރުގަ ސަލާން ކުރަމުން ދިޔައިރުގަވެސް މިރަށުގެ ގިނަ ރައްޔިތުންގެ، ހާއްސަކޮށް ފިރިހެން ބޭފުޅުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކަށް، ކަންބޮޑުވުމަކަށް އަޅުގަނޑާ ހިއްސާކުރަމުން ގެންދިޔައީ މަސްވެރިކަމާ ގުޅުންހުރި ކަންތައްތައް"

ރައީސް ސޯލިހު

އޭގެ ތެރެއިން އެއް ކަމަކީ މިޔަރުގެ އުނދަގޫ ބޮޑު ވާހަކަ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކަމާ ހުރެ ރޭގަނޑު އެން ނަގަން ނުފޭބޭ ކަމަށް މީދޫ މަސްވެރިން ބުނެފައިވާ ކަމަަށެވެރ..

އޭގެ އިތުރުން މީދޫ މަސްވެރިން ފާހަގަ ކުރީ ފަރުމަސްވެރިކަން ނުކުރެވޭ ވާހަކައާއި އައިސްޕްލާންޓް ނެތުމުން އައިސް ނުލިބޭ ކަމުގެ ޝަކުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެފަދަ ވާހަކަތައް މީދޫގެ ކޮންމެ ދެމީހަކުން އެކަކު ބުނި ކަމަށްރައީސް ވިދާޅުވިއެވެ.

އެކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުގެ ތެރޭގައި މަސްވެރިކަމާ ގުޅުންހުރި ސިޔާސަތުތައްވެސް ހިމެނޭ ކަމަށެވެ. އަދި އެކަންކަން ވަަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް