އަހުމަދު ފާރިސްމައުމޫން އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާއިފިއެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް ކަމުގައި ހުންނެވި ފާރިސް ވަނީ، އަމިއްލަ ގޮތުން ވާދަ ކުރައްވާތީ އެ ޕާޓީގެ ހިންގުން ވަގުތީގޮތުން އެޕާޓީގެ ނައިބު ރައީސް އައިމިނަތު ނާދިރާއާ ހަވާލުކޮށްފައެވެ.
އެމްއާރްއެމްއިން ބުނީ، އެ ޕާޓީގެ ރައީސް ފާރިސް އިންތިހާބުގައި ވާދަ ކުރައްވާނީ އަމިއްލަ ގޮތުން ކަމަށެވެ. އެހެންކަމުން ވޯޓުލުން އޮންނަ ދުވަހާހަމަޔަށް ޕާޓީގެ ހިންގުމުގެ މަސައްކަތުން ވަގުތީގޮތުން ފާރިސް އެކަހެރި ވެފައިވާ ކަމަށެވެ.،
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފާރިސް އަމިއްލަގޮތުން ކުރިމަތިލާނެކަން އިއުލާނުކުރެއްވީ އިއްޔެ އެވެ.
ފާރިސް އެކަން އިއުލާނުކުރެއްވީ އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
ވީޑިއޯ އެ މެސެޖުގައި ފާރިސް ވިދާޅުވީ “ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ދިވެހިރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގްސަދުގާ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމި ވާހަކަ ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ހިއްސާކުރާ” ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ފާރިސް އަމިއްލަގޮތުން އިއުލާނުކުރާނެކަން ހާމަކޮށްފައިވާއިރު އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ ތާއީދު ސޮއި މިހާރު ހަމަކޮށްފައިވާކަން ކުރިން ހާމަކޮށްފައިވެއެވެ.
ފާރިސްގެ ރަނިންމޭޓަކީ ޑރ. އަބްދުއްސައްތާރު ޔޫސުފްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް