ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ކރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަސަން ޒަމީލް ފޯމު ހުށަހަޅުއްވައިފިއެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރަމުން މީގެކުރިން ޒަމީލު ވިދާޅުވީ، މިހާރު މި އޮތް ޕާޓީސިސްޓަމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫންކަން ހާމަވާ ކަމަށެވެ.
ރާއްޖޭގައި ހިނގާފައިވާ ކޮރަޕްޝަނާއި މީހުން މެރުން ފަދަ ބޮޑެތި ހާދިސާތަކުގެ ރަނގަޅު ތަހުގީގެއް ނުހިންގޭކަން ފާހަގަ ކުރައްވައި ޒަމީލް ވިދާޅުވީ އެކަންކަން ރަނގަޅު ކުރެވޭނީ ހަރުދަނާ ވެރިއަކު ވެރިކަމަށް އަހިސްގެން ކަމަށެވެ.
އަދި ވެރިކަން ދެމެހެއްޓުމަށްތަކައި އެއްވެސް މީހަކު ރުއްސަން ޖެހޭ ފަދަ ވެރިއަކަށް ހެޔޮގޮތުގައި ވެރިކަން ނުކުރެވޭނެ ކަމަށް ޒަމީލް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކުރީގެ ނައިބުރައީސް ޝުޖާއު ހުސެއިންވެސް ވަނީ ވިދާޅުވެފައެވެ.
އީސީއިން ބުނީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް