އުމަރުގެ ކެނޑިޑެސީ ހުށަހަޅައިފި، ރަނިންމޭޓަކީ މާޒް ސަލީމް

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓަކަށް އަހުމަދު ސަލީމް (މާޒް ސަލީމް) ހަމަޖައްސައި، ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ....

07 Aug 2023 | 07:27

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓަކަށް އަހުމަދު ސަލީމް (މާޒް ސަލީމް) ހަމަޖައްސައި، ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ރޭ ދުވަހަށް މައުލޫމާތުދެއްވަމުން އުމަރު ވިދާޅުވީ ރަނިންމޭޓަކީ ކާކުކަން އެނގިގެންދާނީ ފޯމު ހުށަހަޅާ ވަގުތު ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ވަނީ ތާއީދު ފޯމު ހަމަކޮށް އެކަން މީގެ ދެތިން ދުވަސް ކުރިން ހާމަކުރައްވާފައެވެ.

އުމަރު ކެނޑިޑަސީ ފޯމު ހުށަހަޅުއްވާފައި ވާއިރު މިހާރު ޖުމުލަ ހަ ކެނޑިޑޭޓަކު ކެނޑިޑެސީ ހުށަހަޅުއްވާފައިވެއެވެ. އެއީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސޯލިހާއި އެމްއެންޕީގެ ކެނޑިޑޭޓް ނާޒިމާއި ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާގެ އިތުރުން ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ޖޭޕީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމްއެވެ..

އޭގެއިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް އަހުމަދު ފާރިސް މައުމޫނު ވަނި މިއަދު ކެނޑިޑެެސީ ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް