ދެ އަތޮޅެއްގައި ފުލުހުންގެ އޯޕަން ޑޭ އެއް ބާއްވަނީ

ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތުދީ، ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމުގެ ގޮތުން ރ. އަތޮޅާއި ބ. އަތޮޅުގައި ފުލުހުންގެ އޯޕަންޑޭ އެއް ބާއްވަން ނިންމަ...

07 Aug 2023 | 07:17

ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތުދީ، ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމުގެ ގޮތުން ރ. އަތޮޅާއި ބ. އަތޮޅުގައި ފުލުހުންގެ އޯޕަންޑޭ އެއް ބާއްވަން ނިންމައިފިއެވެ.

އެގޮތުން މިއޮގަސްޓް މަހުގެ 9 އިން 10 އަށް ރ. އަތޮޅުގައި އޯޕަންޑޭ ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ބ. އަތޮޅުގައި އޯޕަންޑޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 11 އިން 12 އަށެވެ.

މިހަރަކާތުގެ ތެރެއިން، ފުލުހުންގެ މުއައްސަސާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތުދީ، ޝަރުތުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމާއި ވަޒީފާއަށް ވަނުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށްވަނީ ހަމަޖެހިފައިއެވެ. .

ފުލުހުންގެ އޯޕަންޑޭ ރ. އަތޮޅުގައި ކުރިއަށް ގެންދާނީ އުނގޫފާރުގައެވެ. އަދި ބ. އަތޮޅުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭދަފުށީގައެވެ. މި ދެރަށުގައި މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވީނަމަވެސް އޯޕަންޑޭގައި ބައިވެރިވާ ގިނަ ފަރާތްތައް އެއަތޮޅުގެ އެހެން ރަށްރަށުގައި ތިބިނަމަ އެރަށަކަށް ފުލުހުންގެ ޓީމުތައް ދިއުމަށްވަނީ ހަމަޖެހިފައެވެ.

ފުލުހުންގެ ޚިދުމަތުގެ ވަޒީފާތަކަށް މުވައްޒަފުން ހޯދުމަށްޓަކައި މީގެކުރިން ނ، ގއ، ގދ އަދި އައްޑޫ ސިޓީގައިވެސް އޯޕަންޑޭ ބާއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް