ފާރިސް އަމިއްލަގޮތުން ވާދަކުރައްވާތީ އެމްއާރްއެމް ހިންގުން ނާދިރާއާ ހަވާލުކޮށްފި

އަހުމަދު ފާރިސްމައުމޫން އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ހިންގުން ވަގުތީގޮތުން އެޕާޓީގެ ނައިބު ރައީސް އައިމިނަތު ނާދިރާއާ ހަވާލުކޮށްފިއ...

07 Aug 2023 | 07:11

އަހުމަދު ފާރިސްމައުމޫން އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ހިންގުން ވަގުތީގޮތުން އެޕާޓީގެ ނައިބު ރައީސް އައިމިނަތު ނާދިރާއާ ހަވާލުކޮށްފިއެވެ.

އެމްއާރްއެމްއިން ބުނީ، އެ ޕާޓީގެ ރައީސް ފާރިސް އިންތިހާބުގައި ވާދަ ކުރައްވާނީ އަމިއްލަ ގޮތުން ކަމަށެވެ. އެހެންކަމުން ވޯޓުލުން އޮންނަ ދުވަހާހަމަޔަށް ޕާޓީގެ ހިންގުމުގެ މަސައްކަތުން ވަގުތީގޮތުން ފާރިސް އެކަހެރި ވެފައިވާ ކަމަށެވެ.،

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފާރިސް އަމިއްލަގޮތުން ކުރިމަތިލާނެކަން އިއުލާނުކުރެއްވީ އިއްޔެ އެވެ.

ފާރިސް އެކަން އިއުލާނުކުރެއްވީ އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

ވީޑިއޯ އެ މެސެޖުގައި ފާރިސް ވިދާޅުވީ “ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ދިވެހިރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގްސަދުގާ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމި ވާހަކަ ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ހިއްސާކުރާ” ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ފާރިސް އަމިއްލަގޮތުން އިއުލާނުކުރާނެކަން ހާމަކޮށްފައިވާއިރު އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ ތާއީދު ސޮއި މިހާރު ހަމަކޮށްފައިވާކަން ކުރިން ހާމަކޮށްފައިވެއެވެ.

ފާރިސްގެ ރަނިންމޭޓަކީ ޑރ. އަބްދުއްސައްތާރު ޔޫސުފްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް