އެމްއެންޔޫގެ އޮގަސްޓް އިންޓޭކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މި  އަހަރުގެ އޮގަސްޓް މަހުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއ...

07 Aug 2023 | 06:21

މި  އަހަރުގެ އޮގަސްޓް މަހުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމްއެންޔޫ އިން ބުނީ ޑިޕްލާމް އިން މަތީގެ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ މި މަހު 17 ވަނަ ދުވަހު މެންދުރު 14:00 ގައިކަމެވެ. އަދި  ސެޓްފިކެޓް ލެވެލް 3، އެޑްވާންސްޑް ސެޓްފިކެޓް އަދި ފައުންޑޭޝާން ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ މި މަހުގެ 24 ގައި މެންދުރު 14:00 ގައި ކަމަށް ވެސް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް، މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.

ޔުނިވަރސިޓީގެ 2023 ގެ އޮގަސްޓް އިންޓޭކްގެ ކޯސްތަކަށް ފޯމު ލުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީގެ އޮންލައިން ޕޯރޓަލް portal.mnu.edu.mv މެދުވެރިކޮށް ކަމަށް އެ ޔުނިވާރސިޓީ އިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް