ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ރ. މުހައްމަދު މުނައްވަރު ނިންމަވައިފިއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މުނައްވަރު ވަނީ މާރޗް މަހުގެ ތެރޭގައި އިއުލާނު ކުރައްވާފައެވެ. އަދި ކެމްޕޭން ފަށައި، ކެމްޕޭން ޖަގަހަވެސް ހުޅުވިއެވެ.
ނަމަވެސް އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވުމާއެކު މުނައްވަރު ވިދާޅުވީމ މިކަމުގައި ހިތްވަރު ދެއްވައި ސަޕޯޓް ކުރައްވައި ސޮއި ކޮށްދެއްވި އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
އިންްތިހާބުގައި ވާދަ ކުރައްވާކަން މުނައްވަރުގެ ޓުވިޓާ ޕޭޖުގައި ވަނީ ފޮޓޯއެއ ހިއްސާ ކުރުމަށް ފަހު ހާމަ ކުރައްވާފައި އެވެ. އެ ފޮޓޯގައި “ޑރ. މުނައްވަރު 2023” ޖަހާފައިވާއިރު ލޯގޯއެއްގެ ގޮތުގައި ދޫންޏެއް ބޭނުން ކޮށްފައިވެ އެވެ.
އެ ދޫންޏަކީ އައްޑޫއަށް ހާއްސަ ދޮންދީނީގެ ފޮޓޯ އެކެވެ. އަދި މާލޭގައި ވަނީ ކެމްޕެއިން މަރުކަޒުގެ ނަމުގައި އޮފީހެއްވެސް ހުޅުވާފައި އެވެ.
މުނައްވަރުގެ އިތުރުން އިންތިހާބުގައި ވާދަ ކުރައްވާނެކަން އޭރު ގިނަ ބޭފުޅުންތަކެއް ވަނީ އިއުލާނު ކުރައްވާފައި އެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖުމްހޫރީ ޕާޓީ އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޝުޖާއު ހުސައިންގެ އިތުރުން އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ހިމެނެ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް