ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ކެނޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.
އިލްޔާސް ފޯމު ހުށަހަޅުއްވާފައި ވަނީ އިއްޔެއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ޑިމޮކްރެޓްސް ގެ ފަރާތުން، ރިޔާސީ އިންތިޚާބަށް އިއްޔެ ކުރިމަތި ލެއްވި، އިލްޔާސް ލަބީބު ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން،އިލްޔާސް ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ހެދުނު ޤަބޫލު ކޮށްފައިވާ ކަމަށެވެ.
އެޔާއެކު ބައެއް ލިޔެލިޔުން މަދުވުމުން އެކަން އީސީން އިލްޔާސަށް އެންގުމާއެކު ރޭގެ ވަގުތެއްގައި ވަނީ އެ ލިޔުން އީސީއަށް ފޮނުވާފައެވެ.
އިލްޔާސްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެން އަމްރުއެވެ.
އިއްޔެ އިލްޔާސްގެ އިތުރުން އެމްއެންޕީގެ ކެނޑިޑޭޓް ނާޒިމް އާއި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސޯލިހްވެސް ވަނީ ކެނޑިޑަސީ ހުށަހަޅާފައިވެއެވެ.
މިއަދު މިހާތަނަށް ކެނޑިޑެސީ ހުށަހަޅާފައި ވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އޭގެ އިތުރުން ޖޭޕީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމް ކެނޑިޑެސީ ހުށަހަޅުއްވަން އީސީއަށް ދުރުވުމަށް ތައްޔާރު ވަމުން ދާއިރު، މިއަދު މެންދުރު އުމަރު ނަސީރުގެ ކެނޑިޑެސީ ހުށަހަޅުއްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް