މުއިއްޒުއަށް ތާއީދު ކުރެއްވުމުން އަދުރޭގެ ޝުކުރު ޔާމީނަށް

ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަލިތައްވާ، މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތާއީދު ކުރެއްވުމާ ގުޅިގެން ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގުމުގައ...

07 Aug 2023 | 05:36

ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަލިތައްވާ، މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތާއީދު ކުރެއްވުމާ ގުޅިގެން ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގުމުގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ރައީސް ޔާމީނަށް ޝުކުރު އަދާ ކޮށްފިއެވެ.

އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭތީ ބޭނުންވީ އިންތިހާބު ބޮއިކޮޓް ކުރާށެވެ. ނަމަވެސް އެކަމަށް ޕީޕީއެމްގެ ސެނެޓްގައި މަޝްވަރާކޮށް ވޯޓަށް އަހައި، އެކަން އެގޮތަށް ކުރުމަށް ފާހެއް ނުވިއެވެ.

އެހެންކަމުން ޔާމީނު ވަނީ ގޮތް ދޫކުރައްވައި، މުއިއްޒުއަށޤ ތާއީދު ކުރައްވަން ނިންމަވާފައެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީނުގެ ތައީދާއި ރައްޔިތުންގެ ބުރަ މަސައްކަތާއެކު މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވާނީ ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް މުއިއްޒު ކަމަށެވެ.

ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސްޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައި ވާތީ އެކަމާ ގުޅިގެން  ޔާމީނުގެ ރަނިންމޭޓްގެ ގޮތުގައި ކަނޑައެޅުއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ،ޖަމީލްގެ ފުރިހަމަ ތާއީދު މުއިއްޒުއާއި

ސެމްބެއަށް ލިބޭނެ ކަމަށެވެ. .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް