އެންމެ ފަހުން މުއިއްޒުއަށް ޔާމީން ތާއީދު ކޮށްފި

ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަލިތައްވާ، މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތާއީދު ކުރައްވައިފިއެވެ. އިންތިހާބުގައި ވާދަ ކުރައްވަން މުއިއްޒު ...

07 Aug 2023 | 05:10

ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަލިތައްވާ، މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތާއީދު ކުރައްވައިފިއެވެ.

އިންތިހާބުގައި ވާދަ ކުރައްވަން މުއިއްޒު ނިންމެވީ، ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެރައީސް އަބްދުﷲ ޔާމީން އަބްދުލްްގައްޔޫމަށް އިންތިހާބުގައި ވާދަ ނުކުރެވޭނީއެވެ.

އެހެންކަމުން މުއިއްޒު ވަނީ ޕީއެންސީއަށް ސޮއިކޮށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއާ ވާދަ ކުރައްވައި ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ.

ނަމަވެސް ރައީސް ޔާމީނު ބޭނުންވީ އިންތިހާބު ބޮއިކޮޓް ކުރަން ކަމަށް މީޑިޔާގައި އަޑުފެތުރުނެވެ. އެކަމަށް ޕީޕީއެމްގެ ސެނެޓްގައި މަޝްވަރާކުރިއެވެ. އަދި ވޯޓަށް އަހައި، އެކަން އެގޮތަށް ކުރުމަށް ފާހެއް ނުވިއެވެ.

އެކަމާ ގުޅިގެން  ޔާމީނުގެ ރަނިންމޭޓްގެ ގޮތުގައި ކަނޑައެޅުއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި ޢާއްމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުން ކަމަށެވެ.

ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސްޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައި ކަމަށާއި އަދި ޖަމީލްގެ ފުރިހަމަ ތާއީދު މުއިއްޒުއާއި ސެމްބެއަށް ލިބޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް