ރިޔާސީ އިންތިހާބުގައި ވާދަކުރަން މުއިއްޒު ފޯމު ހުށަހަޅައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު ފޯމު ހުށަހަޅައިފިއެވެ. އިންތިހާބުގައި ވާދަ ކުރައްވަން މުއިއްޒު ނިންމެވީ، ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެރަ...

07 Aug 2023 | 04:41

ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު ފޯމު ހުށަހަޅައިފިއެވެ.

އިންތިހާބުގައި ވާދަ ކުރައްވަން މުއިއްޒު ނިންމެވީ، ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެރައީސް އަބދުﷲ ޔާމީން އަބްދުލްްގައްޔޫމަށް އިންތިހާބުގައި ވާދަ ނުކުރެވޭނީއެވެ.

އެހެންކަމުން މުއިއްޒު ވަނީ ޕީއެންސީއަށް ސޮއިކޮށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއާ ވާދަ ކުރައްވައި ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ.

ނަމަވެސް ރައީސް ޔާމީނު ބޭނުންވީ އިންތިހާބު ބޮއިކޮޓް ކުރަން ކަމަށް މީޑިޔާގައި އަޑުފެތުރުނެވެ. އެކަމަށް ޕީޕީއެމްގެ ސެނެޓްގައި މަޝްވަރާކުރިއެވެ. އަދި ވޯޓަށް އަހައި، އެކަން އެގޮތަށް ކުރުމަށް ފާހެއް ނުވިއެވެ.

އެހެންކަމުން ޕީޕީއެމްއިން މުއިއްޒުއަށް ތާއީދު ކުރާނެ ކަމަށް ބެލެވެއެވެ.

މުއިއްޒުގެ ރަނިންމޭޓަކަށް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް