ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމުގެ ދަށުން ދައްކަންޖެހޭ ފަސް މިލިޔަން ޑޮލަރު ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މިކަން ހާމަކޮށް މިރޭ އޭޖީން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 698/ސީއާރްސީ/2021 ޤަޟިއްޔާއިން މއ. ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރެވުނު ޙުކުމުގެ ދަށުން ދައްކަންޖެހޭ 5،000،000 (ފަސްމިލިއަން) ޔޫއެސް ޑޮލަރު ޙުކުމުގައި ބުނާ މުއްދަތުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައްކާފައިނުވާކަމަށެވެ.
"މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއިން އެ ފައިސާ ދެއްކުމަށް އަންގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފޮނުވި ނޯޓިސްއާއެއްގޮތަށްވެސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ފައިސާ ދައްކާފައިނުވެއެވެ." އޭޖީން ބުނެފައިވެއެވެ.
އޭޖީން އިތުރަށް ބުނެފައިވަނީ އެހެންކަމުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ) ގެ ދަށުން، ކްރިމިނަލް ކޯޓުގެ ޙުކުމުގައި ދައްކަން އަންގާފައިވާ ފައިސާ ހޯދުމަށް، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ މި އޮފީހުގެ ފަރާތުން މިއަދު ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް