އުމަރުގެ ރަނިންމޭޓަކީ ސަޕްރައިޒެއް !

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓަކީ ސަޕްރައިޒެއްކަމުގައި އޭނާ ހާމަކުރައްވައިފިއެވެ. މިރޭ ދުވަހަށް މައުލޫމާތުދެއްވަމުން އުމަރު ވިދާޅުވީ ރަނ...

06 Aug 2023 | 19:14

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓަކީ ސަޕްރައިޒެއްކަމުގައި އޭނާ ހާމަކުރައްވައިފިއެވެ.

މިރޭ ދުވަހަށް މައުލޫމާތުދެއްވަމުން އުމަރު ވިދާޅުވީ ރަނިންމޭޓަކީ ކާކުކަން އެނގިގެންދާނީ ފޯމު ހުށަހަޅާ ވަގުތު ކަމަށެވެ.

މާދަމާ ކެނޑިޑަސީ ހުށަހަޅުއްވާނެކަންވެސް އުމަރު މިރޭ ހާމަކުރައްވާފައިވެއެވެ. އުމަރު ކެނޑިޑެސީ ހުށަހަޅުއްވަނީ މާދަމާ މެންދުރު 12 ގައެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ވަނީ ތާއީދު ފޯމު ހަމަކޮށް އެކަން މީގެ ދެތިން ދުވަސް ކުރިން ހާމަކުރައްވާފައެވެ.

އުމަރު މާދަމާ ކެނޑިޑަސީ ފޯމު ހުށަހަޅުއްވާއިރު މިއަދު ތިން ކެނޑިޑޭޓަކު ކެނޑިޑެސީ ހުށަހަޅުއްވާފައިވެއެވެ. އެއީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސޯލިހާއި އެމްއެންޕީގެ ކެނޑިޑޭޓް ނާޒިމާއި ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސެވެ.

މާދަމާ ކެނޑިޑެސީ ހުށަހަޅުއްވަން ތައްޔާރުވަމުން އަންނަ ފަރާތްތަކުގެ ތެރޭގައި ޖޭޕީގެ ކެނޑިޑޭޓް ގާސިމާއި، އުމަރާއި ފާރިސްގެ އިތުރުން މުއިއްޒު ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް