ޝިއާއުގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފި

ރޭ ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވަ ފެނުނު ޝިއާއު އަހުމަދު ސައީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ. މިއަދު ހަވީރު ބެއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ތަގުގީގުގެ އިސްވެރިޔާ ޗީފް ސުޕްރިޓ...

07 Aug 2022 | 16:03

ރޭ ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވަ ފެނުނު ޝިއާއު އަހުމަދު ސައީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.

މިއަދު ހަވީރު ބެއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ތަގުގީގުގެ އިސްވެރިޔާ ޗީފް ސުޕްރިޓެންޑެންޓް ހަސަން ޝިފާއު ވިދާޅުވީ ޝިއާއުގައި މަރާލާފައި އޮތް އިރު ހަށިގަނޑުން ބޮޑެތި އަނިޔާތައް ފެންނަން ހުރި ކަމަށެވެ. އޭނާ ވިދާޅުވީ ޕޯސްޓްމޯޓަން ހަދަން ނިންމީ ޝިއާއު މަރުވި ސަބަބު ދެނެގަތުމަށް ކަމަށެވެ.

ޝިފާއު ވިދާޅުވީ އޭނާގެ ހަށިގަނޑަށް ލިބިފައި ހުރި އަނިޔާތަކުގެ ތަފްސީލް ފުލުހުން ހާމަ ނުކުރާނެ ކަމަށެވެ. އެގޮތަށް ނިންމީ ޝިއާއުގެ އާއިލާއިން އެގޮތަށް ރިކުއެސްޓުކޮށްފައިވާތީ ކަމަށެވެ.

ޝިއާއުގެ މަރުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ11:39 ހާއިރު އެވެ.

ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރު ކުރި އަލީ ޝާހިލް ހައްޔަރުކޮށް ހެދި ވަގުތީ ޓެސްޓުތަކުން އޭނާ ހުރީ މަސްތުގެ ހާލަތުގައިކަން އެނގޭ ކަމަށެވެ. އެކަމަކު މިހާތަނަށް ޝިއާއު މަރާލިކަމަށް ޝާހިލް އެއްބަސްވެފައެއް ނުވެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް