ކޮއްކޮމެން ޕްރީ ސްކޫލުން މިއަދު ދަރިވަރުންނަށް މަރުހަބާ ކީ ޒަމް ޒަމް ފެނާއި އަޖްވާ ކަދުރުން

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިފައިވާއިރު މާލޭގައި ޕްރީ ސްކޫލް ތައުލީމާއި ކީރިތި ޤުރުޢާން އުނގަންނަައިދިނުމުގެ ހިދުމަތްދެމުން އަންނަ ކޮއްކޮމެން ޕްރީ ސްކޫލުން ދިރާސީ އައު އަހަރު ދަރިވަރުންނަށ...

07 Aug 2022 | 14:59

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިފައިވާއިރު މާލޭގައި ޕްރީ ސްކޫލް ތައުލީމާއި ކީރިތި ޤުރުޢާން އުނގަންނަައިދިނުމުގެ ހިދުމަތްދެމުން އަންނަ ކޮއްކޮމެން ޕްރީ ސްކޫލުން ދިރާސީ އައު އަހަރު ދަރިވަރުންނަށް ތަފާތު ގޮތަަކަށް މަރުހަބާ ކިޔައިފިއެވެ.

އެގޮތުން އެ ސްކޫލުގެ ދަރިވަރުންނަށް މިއަދު ސްކޫލުން މަރުހަބާ ކިޔާފައިވަނީ ޒަމްޒަމް ފެނާއި އަޖްވާ ކަދުރުންނެވެ. އަދި ހަމަ އެއާއެކު އެ ސްކޫލުގެ ހީވާގި މުވައްޒަފުންގެ ހިނިތުންވުމާއިއެކުގައެވެ.

ކޮއްކޮމެން ޕްރީ ސްކޫލަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިންގަވަމުން އަންނަ ސްކޫލެކެވެ.

އެ ސްކޫލުން މިއަދު ބުނެެފައިވާގޮތުގައި ދިރާސީ އާއަހަރު ފެށުމުގެ ގޮތުން ކޮއްކޮމެން ޕްރީ ސްކޫލްގައި ޚާއްޞަ އެސެމްބްލީއެއް މިއަދު ބާއްވާފައިވާއިރު މި އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ އިސްލާމިކް އެޑްވައިޒަރީ ކައުންސިލްގެ ރައީސް ޝައިޚު މުޙައްމަދު ލަތީފެވެ.

ކޮއްކޮމެން ޕްރީ ސްކޫލުގެ މާޙައުލަކީ ދަރިވަރުންނަށް އުފާވެރި މާޙައުލެކެވެ. ދަރިވަރުންގެ ތަޢުލީމަށް ބޭނުންވާ އެންމެހާ ވަސީލަތްތަކެއް ސްކޫލްގައި ވަނީ ޤާއިމުކޮށްފައެވެ.

އެ ސްކޫލުން މިއަދު ބުނެފައިވާގޮތުގައި ކޮއްކޮމެން ސްކޫލްގެ އިޚުލާޞްތެރި މުވައްޒަފުންގެ އެންމެ ވަރުގަދަ ޢަޒުމަކީ ދަރިވަރުންނަށް ރައްކާތެރި އުފާވެރި މަޙައުލެއްގައި ކިޔަވަދި ދިނުމެވެ. ދަރިވަރުންގެ ޚިދުމަތުގައި ދެމި ތިބުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް