ރާއްޖެ މި ހާލަތަށް ވެއްޓުނު ސަބަބާމެދު ވިސްނާ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މިހެން ވިދާޅުވީ މާލޭ ގެއެއްގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު އަހުމަދު ސައީދު މަރާލާފައި އޮއްވާ ފެނުނު މައްސަލައި އެވެ. އޭނާ މަރާލުމަށް ފަހު އަތާއި ބޯ އަދި ފައިވެސް އޮތީ ބުރިކޮށްލާފަ އެވެ.
މިހާރު މިއީ ކުރިން ދަންނަ ރާއްޖެއެއް ނޫން ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ކުޑައިރު ގަތުލުކުރުން އާންމު ނޫން ކަމަށައި ގައުމަށް ވީގޮތާއިމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
އަދި މިހާ ނުބައިކަން ބޮޑު ކަމަކަށް ވާސިލުކޮށްދެނީ ކޮންކަހަލަ އިިޖުތިމާއީ ހާލަތެއްކަމާއި، ކޮން ކަހަލަ ވިސްނުމެއްތޯ ސާފުކޮށް އޮޅުން ފިލުވަން ޖެހޭ ކަމަށެވެ.
ޝިއާއުގެ މަރަށް އިޝާރާތް ކުރައްވާ ވިދާޅުވީ ޒުވާން އަންހެނަކު އަނިޔާވެރިކޮށް މަރާލި މަރާލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ޝިއާއުގެ މަރުގެ މައްސަލައިގަ ހއްޔަރު ކޮށްފައިވަނީ ފ. ނިލަންދޫ ފިނިފެންމާގޭ އުމުރުން23 އަހަރުގެ އަލީ ޝާހިލް އެވެ. އޭނާ އަކީ މަޝްހޫރު ސްކޭޓަރެކެވެ.
މި މައްސަލައިގަ މިއަދު ކްރިމމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް