ޝިއާއު މަރުގެ މައްސަލައިގަ ހައްޔަރު ކުރި ޝާހިލް ޝަރިއަތް ނިމެންދެން ބަންދަށް!

ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގަ ހައްޔަރުކޮށްފައިވާ އަލީ ޝާހިލް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ. ފު...

07 Aug 2022 | 09:21

ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގަ ހައްޔަރުކޮށްފައިވާ އަލީ ޝާހިލް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޝިއާއު މަރާލާފައި އޮއްވަ ފެނުނީ ހ. ޝީރީންވިލާގެ އެޕާޓްމެންޓެއްގެ ތެރެއިންނެވެ. ފުލުހުން ޝާހިލް ހައްޔަރު ކުރީ ރޭގައި އެގެއިންނެވެ.

މި މައްސަލައިގަ ޝާހިލްގެ ބަންދުގެ މުއްދަތު ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ ސިއްރުންނެވެ. އަޑުއެހުން ސިއްރު ކުރީ ފުލުހުން އެދިގެންނެވެ.

ޝާހިލް އާއި ޝިއާއުގެ މެދުގައި އޮތް ގުޅުން އަދި ޔަގީނެއް ނުވެ އެވެ. އެކަމަކު އެ ދެމީހުން ދިރިއުޅެނީ އެ އެޕާޓްމެންޓުގައި ކަމަށްވެ އެވެ.

ކްރައިމް ސީންއަށް ފުލުހުން ދިޔަ އިރު ޝާހިލް އެތަނުގައި ހުރި އިރު ޝިއާއުގެ އަތާއި ކަރު އަދި ފައި އޮތީ ބުރިކޮށްލާފަ އެވެ. ބައެއް އާންމުން މީޑިއާގައި ބުނެފައިވާ ގޮތުގައި އޭނާގެ މަރުގެ ހަބަރު ފެތުރުމުގެ ކުރިން ރޭ އެދެމީހުން ޒުވާބުކޮށް އަޑުގަދަ ކުރާ އަޑު އެޕާޓްމެންޓުން އިވިފައިވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް