ރޭގެ ހާދިސާ ކުށްވެރި ކުރާ ކަމަށާއި އެކަމާ ހިތާމަކުރާކަމުގައި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ ރޭގެ ވަޤުތެއްގައި މާލޭގެ ގެއެއްގައި ރަހުމުކުޑަކޮށް އަންހެނަކު މަރާލި ލާއިންސާނީ ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށާއި ގެވެށި އަނިޔާގެ މިފަދަ އެއްވެސް ޢަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މި ޢަމަލާމެދު މި މިނިސްޓްރީއިން ކަންބޮޑުވެ، ހިތާމަކުރާކަމަށެެވެ.
"ކޮންމެ މީހަކަށްވެސް ދިރިހުރުމުގެ ޙައްޤު ލިބިފައިވޭ، އަދި ކޮންމެ ނަފްސަކީ ރައްކާތެރިކަން ލިބިގެންވާ ނަފްސަކަށްވާން ޖެހޭ. " ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި ހިތާމަވެރި، އުނދަގޫ ދަނޑިވަޅުގައި އެކަން ތަހައްމަލުކޮށް ހިމޭން ކަމާއެކު ވަޤުތު ހޭދަކުރުމަށް ޢާއިލާއަށް ފުރުޞަތު ދިނުމަކީ ކޮންމެ ފަރާތަކުންވެސް މިވަޤުތު ކުރުން މުހިންމު ކަމެއް ކަމުގައި އެ މިނިސްޓްރީން ދެކޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް