އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު32ށް އަރައިފި އެވެ.
އިސްރާއީލުން ކުއްލި ގޮތަކަށް ވައިގެ މަގުން ފަލަސްތީނުގެ ގާޒާއަށް ހަމަލާދޭން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. ވައިގެ މަގުން ދެމުންދާ މިހަމަލާތައް އަމާޒު ކުރަމުންދަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި އިސްލާމި ޖިހާދު އަދި ހަމާސް ޖަމާއަތުގެ މަރުކަޒުތަކަށެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނީ ދެ ދުވަސް ތެރޭގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 215 އަށް އަރައިފަ އެވެ.
ޝަހީދުވާ މީހުންގެ އަދަދު އިތުވެފައިވަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުންނެވެ. އިސްރާއީލުން އިންޒަރު ދިނުމެއް ނެތި ދެމުންދާ ހަމަލާތަކުގައި ބިމާއި ހަމަވި އިމާރާތެއްގެ ދަށުން އަށް މީހެއްގެ މަރުވެފައިވާ ހަށިގަނޑު ނަގާފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހު އިޒްރޭލުން ގާޒާ އަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ، އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރަކު މަރައިލުމުގެ ބޭނުމުގަ އެވެ. ހަމަލާތައް ދޭން ފެށުމުގެ އެއް ދުވަސް ކުރިން އިސްރާއީލްގެ ބޮޑުވަޒީރު ވަނީ ޓެރަރިސްޓުންނަށް ހަމަލާދީ އިސްރާއީލް ރައްޔިތުންގެ ހައްގު ހޯދައި ދިނުމަށް އޭނާގެ ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ހާމަކޮށްފަ އެވެ.
އެހެންވެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ މިހާރު ގާޒާގައި އެ ގައުމުން ދެމުންދާ ހަމަލާތަކަކީ މިހާރުގެ އިސްރާއީލް ސަރުކާރުން ޖައްސަމުންދާ ކެމްޕެއިން އުކުޅެކެވެ. އިސްރާއީލްގެ އާންމު އިންތިހާބު އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް