އަނިޔާވެރިގޮތަކަށް ރޭ މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދަށާއި އާއިލާއަށް އިންސާފު ހޯދައިދީ، ލާއިންސާނީ އަމަލު ހިންގި ފަރާތަށް ހައްގު އަދަބު ދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކޯލިޝަނުން ބުނީ އެއްވެސް ރަހުމެއް ނެތި އަނިޔާވެރިކަމާއެކު ޒުވާން އަންހެން ކުއްޖަކު މަރާލާފައިވާ މައްސަލައިގައި ނުހަނު ކަންބޮޑުވާ ކަަމަށާއި ޝިއާއުއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށާއި ރަހުމަތްތެރިންނަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރާ ކަމަށެވެ.
މީގެ އިތުރުން އެ ރަހުމުކުޑަ ލާއިންސާނީ އަމަލު ހިންގި ފަރާތާއި އެކަމަށް ވާގިވެރިވި ފަރާތްތަކާއި ހިތްވަރުދިން ފަރާތްތަކަކީ ކޮބައިކަން ހޯދާ، ތަހުގީގު އަވަސްކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި އެފަދަ ރަހުމްކުޑަ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކާއިމެދު އެއްވެސް ހަމްދަރުދީއެއްނެތި ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް