ކުށްތަކުން ގައުމު ހަފުސްވެއްޖެ ކަމަށާއި ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަން ހޯދައިދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.'
އޭނާ މިހެން ވިދާޅުވީ ރޭގެ ދަންވަރު ގައުމު ސިއްސުވާލި ގަތުލުއާންމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ނާޒިމްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ކުށްތަކުން ގައުމު ހަފުސްވެއްޖެ ކަމަށާއި އެންމެ ފުރަތަމަ ސަރުކާރާއި މުޅި ދައުލަތުން ކޮށްދޭންވީ، ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ.
https://twitter.com/nazim7878/status/1556175542151286784?s=21
މި މައްސަލައިގާ އުމުރުން ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް، 22، ވަނީ ރޭގައި ކްރައިމް ސީނުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިފަދަ ކަމެއް ރޭގައި ހިނގިކަން ފިޔަވަައި އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައިނުވާއިރު، ނިޔާވި މީހާގެ ވަނަވަރާއި ގާތިލުގެ ވަނަވަރު ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހ. ޝީރީން ވިލާގައި ހިންގި މި ގަތުލާއި ގުޅިގެން އަދިވެސް ފުލުހުން އެ ސަރަހައްދު ބަންދުކޮށް ހަރަކާތްތެރިވަމުން އަންނައިރު އެކި މަސްދަރުތަކުން މައުލޫމާތުލިބޭގޮތުގައި ޝިއާއު މަރާލައި ކަރާއި އަތާއި ފައި ވަނީ ބުރިކޮށްލާފައެވެ. ކަރު އެކީގައި ބުރި ނުވިނަމަވެސް އަތާއި ފައި އެކީގައިގެން ބުރިކޮށްލާފައިވާކަމަށް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް