ޔޯގާ ހަރަކާތުގެ ހަމަނުޖެހުން: ޝައިޚް ނިޝާން ދޫކޮށްލައިފި

ބައިނަލްއަޤުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކޮށްފައިހުރި ޝައިޚް އާދަމް ނިޝާން މުޙައްމަދު ބަންދުން ދޫކޮށްލައިފިއެވެ. ޝައިޚް ނިޝާން ބަންދުގައި ހުންނަތާ ...

07 Aug 2022 | 08:03

ބައިނަލްއަޤުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކޮށްފައިހުރި ޝައިޚް އާދަމް ނިޝާން މުޙައްމަދު ބަންދުން ދޫކޮށްލައިފިއެވެ.

ޝައިޚް ނިޝާން ބަންދުގައި ހުންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުގައެވެ.

އެގޮތުން މާލެއިން ބޭރަށް ވަޑައިނުގަތުމާއި، ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގެވުމާއި، ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވެވަޑައިގަތުމަށް ވަނީ ޝަރުތުކޮށްފައެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހިންގިދުވަހު ހިންގި ހަމަނުޖެހުންތަކުގައި ނިޝާން އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން ހަމަނުޖެހުން ހިންގި މީހުންނާ މުއާމަލާތްކޮށް އެކަމަށް ހިތްވަރު ދިނުމަށް ސޯޝަލްމީޑިއާގައި މަސައްކަތްކުރި ކަމުގެ ހެކިތައް ލިބިފައިވާ ކަމަށް ދައުލަތުންނާއި ފުލުހުން ވެސް ހައިކޯޓުގައި ބުނެފައިވެއެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 23 މީހަކު ހައްޔަރުކޮށްފައިވާއިރު، އެކިފަހަރުމަތިން ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އަދި ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް