މިއަހަރު ޓީޗަރުންނަށް ކިޔަވައިދިނުމުގެ ލައިސެންސް ދޫކުރަން ފަށަނީ

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންނަސް ކިޔަވައިދިނުމުގެ ލައިސެންސް މިއަހަރު ދޫކުރަން ފަށަން ނިންމައިފި އެވެ. މިކަން އިއުލާނު ކުރެއްވީ މިއަދު ފެށީ ދިރާސީ އާ އަހަރުގެ މުނާސަބަތުގައި އެޑިއުކޭޝަ...

07 Aug 2022 | 04:16

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންނަސް ކިޔަވައިދިނުމުގެ ލައިސެންސް މިއަހަރު ދޫކުރަން ފަށަން ނިންމައިފި އެވެ.

މިކަން އިއުލާނު ކުރެއްވީ މިއަދު ފެށީ ދިރާސީ އާ އަހަރުގެ މުނާސަބަތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވި ހިތޯބުގައި އެވެ.

މިނިސްޓަރު ވިދާޅުވީ މި ލައިސެންސް ދޫކުރުމުގެ ބޭނުމަކީ ތައުލީމީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިކަމަށްޓަކައި ތައްޔާރު ކުރަން ޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޓީޗަރު ކަމުގެ ތައުލީމު ހަރުދަނާވެ، ހުނަރުވެރި އަބުރުވެރި ޓީޗަރުން ކުރިމަގުގަިއ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ފެންވަރު ރަނގަޅު ދަރިވަރުން އުފެދުމަށް އެހީއަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ޓީޗަރުންގެ މުސާރައަށް އައި ހެޔޮ ބަދަލު، ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބަހައްޓާ ފަރުވާތެރި ކަމުން ފެނިގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޓީޗަރުން ކުރައްވާ ބުރަ މަސައްކަތަކީ މުޅި ގައުމާއި އެތަކެއް ޖީލުތަކަކަށް އޭގެ އަސަރު ފޯރާނެ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު ވަނީ ޓީޗަރުން ކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް