މިއަދު ފެށުނު ދިރާސީ އާ އަހަރާއި އެކު ތައުލީމީ ގާނޫނަށް އަމަލު ކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފެށި ދިރާސީ އާ އަހަރުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި އެވެ.
ތައުލީމީ ގަނޫނަށް އަމަލު ކުރަން ފެށިތާ އެއް އަހަރު ވާނީ މިމަހުގެ10 ވަނަ ދުވަހު އެވެ. މިނިސްޓަރު ވިދާޅުވީ މި ގާނޫނާއި ގުޅިގެން ހަދަން ޖެހޭ ހުރިހާ ގަވައިދުތަކެއް މިދިޔަ އެއް އަހަރު ތެރޭ ހަދާ ނިންމާލާފައިވާ ކަމަށެވެ.
މި ގާނޫނުގެ ދަށުން ހަވާޅުކުރެވިފައިވާ އެންމެ މުހިންމު ކަމަކީ ދަރިވަރުންގެ ރައްކާތެރިކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންމެ އިސްކަން ދޭންޖެހެނީ ދަރިވަރުންގެ މަސްލަހަތާއި ސްކޫލާއި ބޭރުގައި ދަރިވަރުން މުއާމަލާތް ކުރަނީ ކޮން ބަޔަކާއި ކަމެވެ.
އެއްވެސް މީހެއްގެ ފަރާތުން ދަރިވަރުންނަށް ގެއްލުމެެއް ލިބުނަ ނުދިނުމަށް ޓީޗަރުންނާއި ސްކޫލާއި ބެލެނިވެރިން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ތަފާތު ހަރާކްތަކާއި ޓިއުޝަން ސެންޓަރުތަކަށް ފޮނުވާއިރު އެއީ މިނިސްޓްރީގެ ގަވައިދަށް ފެތޭ ތަންތަންތޯ ކަށަވަރު ކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
މިނިސްޓަރުގެ ހިތޯބުގައި ދަރިވަރުން އުޅޭ ވެއްޓާއި ރަށަށް ފައިދާހުރި، މަންފާ ކުރުވަނިވި ކަމެއްގައި މަސްއޫލުވުމަށް އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން ދިރިއުޅުމަށް ތައްޔާރުވުމަށް މަދުވެގެން ދެ އަމަލީ މަސައްކަތް ދަސް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް