ގަތުލުގައި ދުނިޔެ ދޫކުރީ ފުވައްމުލަކަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެއް

ރޭގެ ދަންވަރު ގައުމު ސިއްސުވާލި ގަތުލުގައި ދުނިޔެ ދޫކުރީ ޏ. ފުވައްމުލަކަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ އަންހެން ކުއްޖެއްކަން ދުވަހަށް މައުލޫމާތު ލިބިއްޖެއެވެ. ރަހުމްކުޑަ ގޮތަކަށް މަރާލާފައިވަނީ ފ...

07 Aug 2022 | 03:20

ރޭގެ ދަންވަރު ގައުމު ސިއްސުވާލި ގަތުލުގައި ދުނިޔެ ދޫކުރީ ޏ. ފުވައްމުލަކަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ އަންހެން ކުއްޖެއްކަން ދުވަހަށް މައުލޫމާތު ލިބިއްޖެއެވެ.

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވަނީ ފުވައްމުލަކު، މާދަޑު އަވަށު، ކުރި، ޝިއާއު ސައީދު އެވެ.

މި މައްސަލައިގާ އުމުރުން ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް، 22، ވަނީ ރޭގައި ކްރައިމް ސީނުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިފަދަ ކަމެއް ރޭގައި ހިނގިކަން ފިޔަވަައި އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނިޔާވި މީހާގެ ވަނަވަރާއި ގާތިލުގެ ވަނަވަރުވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހ. ޝީރީން ވިލާގައި ހިންގި މި ގަތުލާއި ގުޅިގެން އަދިވެސް ފުލުހުން އެ ސަރަހައްދު ބަންދުކޮށް ހަރަކާތްތެރިވަމުން އަންނައިރު އެކި މަސްދަރުތަކުން މައުލޫމާތުލިބޭގޮތުގައި ޝިއާއު މަރާލައި ކަރާއި އަތާއި ފައި ބުރިކޮށްލާފައިވެއެވެ. ކަރު އެކީގައި ބުރި ނުވިނަމަވެސް އަތާއި ފައި އެކީގައިގެން ބުރިކޮށްލާފައިވާކަމަށް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.

ދުވަހަށް މިހާތަނަަށް މައުލޫމާތު ލިބިފައިވާގޮތުގައި ޝިއާއު އާއި ޝާހިލް އަކީ ދެމަފިރިންނެއް ނޫނެވެ. ފުރަތަމަ ހަބަރު ފެތުރުުނީ އެއީ ދެމަފިރިން ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް