އަންހެނަކު މަރާލި މައްސަލައިގާ ހައްޔަރުކުރީ ސްކޭޓަރ ޝާޙިލް

ހ. ޝީރީން ވިލާގައި މިރޭ ރަހުމްކުޑަގޮތަކަށް އަންހެނަކު މަރާލާފައިވާއިރު އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރ ޝާހިލް އަލީ ކަމަށް ދުވަހަށް މައުލޫމާތު ލިބިއްޖެެއެވެ. އެ ސަރަހައްދ...

06 Aug 2022 | 22:28

ހ. ޝީރީން ވިލާގައި މިރޭ ރަހުމްކުޑަގޮތަކަށް އަންހެނަކު މަރާލާފައިވާއިރު އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރ ޝާހިލް އަލީ ކަމަށް ދުވަހަށް މައުލޫމާތު ލިބިއްޖެެއެވެ.

އެ ސަރަހައްދުގައި އަދިވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު މަރުވެފައި އޮތް އަންހެން މީހާގެ ހަށިގަނޑު މިހާރު ވަނީ ކްރައިމް ސީނުން ގެންގޮސްފައެވެ. އެ ސީންގައި ތިބި ބައެއް ފަރާތްތަކުން މައުލޫމާތުދޭގޮތުގައި ބޮޑީ ބޭގްގެ ދެ ބޭގެއް ވަކިން ފުލުހުން އެ ގެއިން ނެރުނެވެ. މަރުވެފައި އޮތް އަންހެން މީހާގެ ކަރު އެކުގައި ހަށިގަނޑާ ވަކިކޮށްލާފައިވާކަމަށްވެސް ބައެއް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް ފުލުހުން އަދި މިފަދަ މައުލޫމާތެއް ކަށަވަރުކޮށެއް ނުދެއެވެ.

މި މައްސަލައިގާ ޝާހިލް ހައްޔަރުކޮށްފައިވާއިރު ޝާހިލް މަރާލީ އޭނާގެ އަނބި މީހާކަމެއް ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލޯބިވެރިޔާކަމެއް ކަށަވަރެއް ނޫނެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް