މާލޭ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް އަންހެނަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ އާއި ގުޅިގެން ފުލުހުން އެ ގޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ޗީބޯ ގޯޅި ތެރޭގައި ހުންނަ ގެއެއްގައި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ މި މައްސަލައިގަ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ހާދިސާ ހިނގި ސީންއިން ކަމަށް މައުލޫމާތުދެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރު ކުރީ އެ އަންހެން މީހާގެ ފިރިމީހާ އެވެ. އަދި އަންހެން މީހާ މަރާލުމުގެ ކުރިން ދެމީހުން އެގޭ ތެރޭގައި އަޑުގަދަކޮށް ޒުވާބު ކުރާ އަޑު އިވިފައިވެ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އަދި އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް