މިއަދު ކޯވިޑް ޖެހުނު މީހުންގެ އަދަދު 113 ގައި

ކޯވިޑް-19 އަށް އިތުރު 113 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 73 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 25 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ކޯވިޑް ޖެހިފައި...

07 Aug 2021 | 17:16

ކޯވިޑް-19 އަށް އިތުރު 113 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 73 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 25 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ 13 މީހުންނަށެވެ. ދެން ޕޮސިޓިވްވީ ސަފާރީތަކުން ބަލި ޖެހުނު ދެ މީހުންނަށެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،992 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،552 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 24 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 75،450 އަށް އަރާފައި އެވެ.

އަދި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 222 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 78،243 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް