ވިލިނގިލީ މޮނިޓަރިންގެ ހާލަތު އުވާލައިފި

ގއ. ވިލިނގިލީ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ. އެ ރަށް މޮނިޓަރިންއަށްލީ މިދިޔަ އާދިއްތަ ދުވަހު އެވެ. މޮނިޓަރިންގެ ހާލަތަށް ގެނައީ އެ އަތޮޅު ކޫއްޑޫ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޯވިޑަށ...

07 Aug 2021 | 17:13

ގއ. ވިލިނގިލީ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.

އެ ރަށް މޮނިޓަރިންއަށްލީ މިދިޔަ އާދިއްތަ ދުވަހު އެވެ. މޮނިޓަރިންގެ ހާލަތަށް ގެނައީ އެ އަތޮޅު ކޫއްޑޫ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޯވިޑަށް ޕޮސިޓިވްވެގެންނެވެ.

އެމީހާ ކޯވިޑަށް ޕޮސިޓިވްވިކަން އެނގުނީ ބަލީގެ އަލާމަތްތައް ފެންނާނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކުމުންނެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެ ރަށު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ހާލަތު އުވާލިތާ ހަތަރު ދުވަސް ފަހުންނެވެ. އެންމެ ފަހުން މިދިޔަ މެއި މަހުގެ15 ވަނަ ދުވަހު މޮނިޓަރިންއަށް ލުމަށް ފަހު ހާލަތު އުވާލީ 92 ދުވަސް ފަހުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް