ސްޓެލްކޯގެ މުދާތަކެއް ހުއްދަ ނުހޯދައި ނަގައި ސިޓީ ކައުންސިލުން ބޭނުން ކުރާ މައްސަލަ ހޫނުވެސްޖެ

ސްޓެލްކޯއަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުން ދޫކޮށްފައިވާ ބިމުގައި އެ ކުންފުނިން ޖަހާފައިވާ ޓިނު ފެންސު މާލޭ ސިޓީ ކައުންސިލުން ނަގައި އެހެން ބިމެއްގައި ބޭނުން ކުރަމުންދާ މައްސަލައިގަ ސްޓެލްކޯއިން ހިތްހ...

07 Aug 2021 | 14:53

ސްޓެލްކޯއަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުން ދޫކޮށްފައިވާ ބިމުގައި އެ ކުންފުނިން ޖަހާފައިވާ ޓިނު ފެންސު މާލޭ ސިޓީ ކައުންސިލުން ނަގައި އެހެން ބިމެއްގައި ބޭނުން ކުރަމުންދާ މައްސަލައިގަ ސްޓެލްކޯއިން ހިތްހަމަ ނުޖެހިއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެ ސަރަހައްދު ހުސްކުރިއިރު، އެ ކުންފުންޏަށް އަންގާފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ބަހައްޓާފައިވާ ތަކެތި ވެސް ގެއްލިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން ސްޓެލްކޯގެ ފެންސާއި ޓިނުތަކާއި ދަގަނޑު ހޮޅިތަކާއި އެއްޗެހި ބޭނުންކޮށްގެން ޖެހިގެން އޮތް ބިމުގައި ފެންސު ޖަހާފައިވަނީ މިދިޔަ ބަންދު ތެރޭގައި ކަމަށެވެ. އެކަން އެ ކުންފުންޏަށް އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ސްޓެލްކޯއިން ވަނީ ފުލުހުންނަށް ހުށަހަޅާފައި އެވެ.

ސިޓީ ކައުންސިލުގެ ބިމުގައި އެ ފެންސް ޖެހުން ހުއްޓާލުމަށް ފުލުހުން އެ ކައުންސިލަށް އަންގާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ފުލުހުން މިކަން ހުއްޓުމަށް އެންގި ނަމަވެސް އެ ބިމުގައި ފެންސް އެއްކޮށް ޖަހައި ނިންމާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

2016 ވަނަ އަހަރު ސްޓެލްކޯއަށް އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދީފައި ވަނީ އެ ސަރަހައްދުގައި ބެކަޕް ޕަވާ ހައުސްއަކާއި ބެކަޕް ބެޓަރީ ސްޓޯރެޖެއް ގްރިޑް ޕްރޮޖެކްޓުގެ ދަށުން ތިލަފުއްޓާއި މާލެ ކަރަންޓު އެއް ވިއުގައަކުން ގުޅުވާލަން ބޭނުންވާ 132 ކިލޯވޯޓުގެ ސަބްސްޓޭޝަން ގާއިމުކުރުމަށްޓަކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް