ބަރަހަނާ ހާލުގައި އުޅުނު މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބަލަން ފަށައިފި

މިއަދު މާލޭ މަގުމަތީގައި ބަރަހަނާ ހާލުގައި އުޅުނު ފިރިހެން މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ދެނެގަތުމުގެ މަސައްކަތް މަސައްކަތް ފަށައިފި އެވެ. އެމީހާ މިއަދު ބަރަހަނާ ހާލުގައި ވަނީ މަޖީދީ މަގާއި އިތު...

07 Aug 2021 | 13:43

މިއަދު މާލޭ މަގުމަތީގައި ބަރަހަނާ ހާލުގައި އުޅުނު ފިރިހެން މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ދެނެގަތުމުގެ މަސައްކަތް މަސައްކަތް ފަށައިފި އެވެ.

އެމީހާ މިއަދު ބަރަހަނާ ހާލުގައި ވަނީ މަޖީދީ މަގާއި އިތުރު ގޯޅިއެއްގައި އުޅެފަ އެވެ. ބަޔަކު އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ 11:01 ގައި ކަމަށް ފުލުހުން ބުނެ އެވެ.

އެމީހާ ވަނީ ފުލުހުން ދިއުމުން ގެއަށް ވަދެފަ އެވެ. އަދި އެ މީހާ މިއަދު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މިއީ އެމީހާ ބަރަހަނާ ހާލުގައި މަގުމަތީގައި އުޅުނު ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ ކުރީ ކޮޅުވެސް އެމީހާ މަގުމަތީގައި ބަރަހަނާ ހާލުގައި އުޅެފައިވާތީ ހައްޔަރުކޮށްފައިވެ އެވެ. އަދި ފަހުން އެމީހާ ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާގެ އަމަލު ތަކުރާރުކޮށްފައިވަތީ އެމީހާގެ ހާލަތު ދެނެގަތުމަށް އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓުތައް ހަދަމުންދާ ކަމަށެވެ.

އެ މަސައްކަތް ކުރަމުންދަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ފުލުހުން ބުނީ އެކަމާއި ގުޅިގެން އެ އިދާރާއިން ބަލަންޖެހޭ ކަންކަންވެސް ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް