ޗެނަލް 13 އިން ގެނެސްދޭ "ހަޖަމް" ޕްރޮގްރާމްގެ މައްސަލައެއް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އިން ބަލަން ފަށައިފިއެވެ.
ބްރޯޑްކޮމްއިން ބުނީ ޗެނަލް13 އިން ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން ހަޖަމް ޕްރޮގްރާމްގެ ކޮންޓެންޓް އެކޮމިޝަންގެ ސަމާލްކަމަށް އައިސްފައިވާ ކަމަށެވެ. އަދި މައްސަލަ ބެލެމުގައި ގެންގުޅޭ އިޖުރާއަތްތަކާއި އެއްގޮތަށް އެކަން ބަލަމުންދާ ކަމަށެވެ.
މީގެ އިތުރަށް ހުރިހާ ބްރޯޑްކާސްޓަރުން ވެސް، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު އަދި އުސޫލުތައް ހިފެހެއްޓުމަށް ބްރޯޑްކޮމްއިން ވަނީ ނަސޭހަތްތެރިވެފައެވެ.
ޗެނަލް 13 އިން ގެނެސްދޭ ހަޖަމް ޕްރޮގްރާމްގެ މައްސަލައެއް ބަލަން ފަށާފައިވަނީ، އެރޭ އެ ޕްރޮގްރާމުގައި ވާހަކަ ދެއްކި މީހަކު ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްއާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާތީ އެވެ.
މީގެ ކުރިން ވެސް ޗެނަލް 13ގެ ކޮންޓެންޓް މައްސަލަތަކެއް ބްރޯޑްކޮމްއިން ބަލާފައިވާއިރު، އެ ޗެނަލް އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލި ކޮންޓެންޓު ބްރޯޑްކާސްޓް ކުރި މައްސަލައެއް ވެސް ބެލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް