ރޭ އަލިފާނުގެ ހާދިސާ ހިނގި ގޭ މީހުންނަށް އެހީގެ ގޮތުގައި 7،800 ރުފިޔާ ދީފި

ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅޭ މީހުންނަށް ސަރުކާރުން ފައިސާގެ އެހީ ދީފި އެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މއ. އަމްޓޭޝަން ގޭގެ ކޮޓަރިއެއްގައި އެވެ. އެ ހާދިސާގައި އެގޭގައި ކޮޓަރ...

07 Aug 2021 | 08:59

ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅޭ މީހުންނަށް ސަރުކާރުން ފައިސާގެ އެހީ ދީފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މއ. އަމްޓޭޝަން ގޭގެ ކޮޓަރިއެއްގައި އެވެ. އެ ހާދިސާގައި އެގޭގައި ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ހުރީ އަނދާ އަޅިއަށް ވެފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނީ އެ ގޭގައި ހިނގި އަލިފާނުގެ ޙާދިސާ އާއި ގުޅިގެން ވަގުތީ އެހީތެރިކަން ބޭނުންވި އާއިލާއަށް ރިލީފް އެހީގެ ގޮތުގައި 7،800 ރުފިޔާ ހަމަޖައްސައި ދީފައިވާ ކަމަށެވެ. އެ އެހީ އަކީ ވަގުތީ ބޯހިޔާވަހިކަމަށާއި، ކެއިން ބުއިން އަދި އައްނައުނު ހޯދުމަށް ދިން ފައިސާ ކަމަށް ބުނެ އެވެ.

އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އަށް ރިޕޯޓު ކުރީ ރޭގަނޑު 7:45 ހާއިރު އެވެ. ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ 8:04 ގައި އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގެ އެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ އެގޭގައި އަލިފާން ރޯވާން ޖެހުނު ސަބަބު ހޯދަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް