ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރަން 600 ބިދޭސީން ގެންނަނީ

ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަަަށް އިންޑިއާ އިން 600 ބިދޭސީ މަސައްކަތްތެރިން ގެންނަން ހަމަޖެހިފައިވާ ކަމަށް އެ ޕްރޮޖެކްޓް ހަވާލުކުރި، އިންޑިއާގެ އޭބީއެލް އ...

07 Aug 2021 | 08:42

ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަަަށް އިންޑިއާ އިން 600 ބިދޭސީ މަސައްކަތްތެރިން ގެންނަން ހަމަޖެހިފައިވާ ކަމަށް އެ ޕްރޮޖެކްޓް ހަވާލުކުރި، އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާއިން ބުނެފިއެވެ.

ފުލުހުންނާއި، އޭބީއެލް އިންދްރާ ޕްރޮޖެކްޓްސްއާ އެކު 48 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖުލައި 17 ގައެވެ. އެ އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި އިމާރާތް ބިނާ ކުރާނެއެވެ.

އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތް ކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރު ވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީ ގޮތުން އިތުރަށް ތަރައްގީ ކުރުމާއި، އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތް ކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަނަކާއި 4 އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ.

އިންދިރާ ޕްރޮޖެކްޓްސްގެ އެކްޒެކްޓިވް ޑިރެކްޓަރު ބުޕޭޝް ނާގަރްޖަން ވިދާޅުވީ ފުލުހުންގެ އިމާރާތްތައް އެޅުމުގެ މަސައްކަތުގައި ރާއްޖޭގައި މަސައްކަތް ކުރާނީ 500 ލޭބަރުންނާއި 100 އިންޖިނިއަރުން ކަމަށެވެ.

މަސައްކަތަށް ބޭނުންވާ މީހުން ނެގުމުގައި އިސްކަން ދޭނީ ދެކުނު އިންޑިއާގެ ޓެމިލްނާޑުގެ މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް