ފިރިހެނަކު ބަރަހަނާ ހާލުގައި މާލޭ މަގުމަތީގައި މިއަދު ހެނދުނު އުޅެފި އެވެ.
އެމީހާ ބަރަހަނާ ހާލުގައި ހިނގާފައި ގޮސްފައިވަނީ މާލޭގެ އެންމެ ކާރޫބަރޫ ބޮޑު މަޖީދީ މަގުގައި އެވެ. އަދި ފަހުން ގޯޅިއަކަށް ވަދެގެން އުޅުނު ކަމަށް ބައެއް މީހުން މީޑިއާގައި ބުނެފައިވެ އެވެ.
އެއްވެސް މީހަކު އޭނާ ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެ އެވެ.
އެކަމަކު ފަހުން ފުލުހުންނަށް ބަޔަކު އެކަން ރިޕޯޓު ކުރި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ހެނދުނު11:01 ހާއިރު އެވެ.
އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު ލިބުމާއި އެކު ފުލުހުން އެމީހާ ބަރަހަނާ ހާލުގައި އުޅުނު ސަރަހައްދަށް ދިޔަ ކަމަށެވެ. އަދި އެމީހާ ވަނީ ފުލުހުން ފެނުމާއި އެކު ގެއަށް ވަދެފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް