އައްޒަ މޮޅީ ފިލްމު ކުޅެން އެކަންޏެއް ނޫން، ފިރިމީހާ ރަށަށް ކުރަމުންދާ ދަތުރުން އެކަން ދައްކާލައިފި!

މަޝްހޫރު ފިލްމީ ބަތަލާ މަރިޔަމް އައްޒަ އަކީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި އެންމެ ހުނަރުވެރި އަދި ކާމިޔާބު ބަތަލާ އެވެ. އައްޒަ ކުޅެފައިވާ ފިލްމުތަކުން ދައްކާލި ހުނަރުވެރިކަމާއި ފަންނުވެރިކ...

07 Aug 2021 | 06:47

މަޝްހޫރު ފިލްމީ ބަތަލާ މަރިޔަމް އައްޒަ އަކީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި އެންމެ ހުނަރުވެރި އަދި ކާމިޔާބު ބަތަލާ އެވެ.

އައްޒަ ކުޅެފައިވާ ފިލްމުތަކުން ދައްކާލި ހުނަރުވެރިކަމާއި ފަންނުވެރިކަމަކީ އާދަޔާ ހިލާފު ކަންކަމެކެވެ. އެކަން އައްޒަގެ ފިލްމުތައް ބެލި ހުރިހާ އެންމެން ގަބޫލުކޮށް އޭނާއަށް ތައުރީފު ކުރެއެވެ.

މިފަހަރު ދައްކަން މިއުޅެނީ އައްޒަގެ ފިލްމީ ހުނަރުގެ ވާހަކައެއް ނޫނެވެ. އާންމުކޮށް މާލޭގައި އުޅޭއިރު މީހުންގެ ދިވެހި ވަންތަކަމާއި މުރާލިކަން އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްތައް ހުންނަ ގޮތުން ފެންނަނީ ވަރަށް ކުޑަކޮށެވެ.

ދިވެހި ދިރިއުޅުން ދައްކާލެވޭނީ އަތޮޅުތެރޭގައޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. އައްޒަވެސް އެކަން ގަބޫލު ކުރާކަން އެނގިގެން ދަނީ މިހާރު އޭނާ ފިރިމީހާ އަބްދުﷲ މުއާޒުގެ ރަށް ނ. ވެލިދޫއަށް ކުރަމުންދާ ދަތުރުގެ ތެރެއިން އަންމުކޮށްފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުންނެވެ.

މިހާތަނަށް އައްޒަ އާންމުކުރި ބައެއް މަންޒަރުތަކުގެ ތެރެއިން އެންމެ އަޅައިގަތީ މަސް ކަނޑާތަނެވެ. 100 އެއްހާ މަސް ކެނޑުމުގައި އޭނާ މުއާ އާއި އެކު ބައިވެރިވި އިރު ފޮޓޯތައް ހިއްސާ ކުރަމުން ބުނެފައިވަނީ އެއީ "ހަގީގީ ދިރިއުޅުމުގެ އަސްލު މާނަ" ކަމަށެވެ.

https://www.instagram.com/p/CSJi1WMBK0D/

އައްޒަ އާއި މުއާގެ ދަތުރުގައި ގޭގައި ކުރަންޖެހޭ ހުރިހާ ކަމެއް އައްޒަ ދަނީ ކުރަމުންނެވެ. މުއާ ގޭ މީހުންނާއި އެކު އައްޒަ ފަތް ތެލުލައިފި އެވެ. ފިރިމީހާ އާއިލާ މީހުންނާއި އެކު ހަވީރު ހިނގާލަން ދެ އެވެ. މައިދައިތަ އާއި ބަފައިބެ އާއި އެކު މަސް ކެއްކުމުގައިވެސް ކޮންމެސް ވަރަކަށް އެހީވެފައިތާން ފެނިފައިވެ އެވެ.

އެންމެ ފަހުން އިއްޔެ ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ އައްޒަ ގޭދޮށް ކުނިކަހަން އޮއްވަ އެވެ. އައްޒަ ވަނީ އޭނާއަށް ކޮންމެ މަސައްކަތެއްވެސް ކުރެވިދާނެ ކަމާއި ކޮންމެ މާހައުލަކަށް ދިޔަޔަސް މީހުންނާއި ގުޅިގެން އުޅެވޭނެ ކަން ހާމަކޮށްދީފަ އެވެ.

މުއާވެސް ވަނީ އައްޒަ ރަށުގައި ކުރަމުންދާ ބައެއް މަސައްކަތްތަކަށް ތައުރީފުކޮށްފައި އެވެ. އެގޮތުން މަސް ކެނޑި ދުވަހު އިންސްޓަގްރާމްގައި މުއާ ބުނީ ކެރުންތެރިކަމަކީ ނިއުމަތެއް ކަމަށާއި، އައްޒައަކީ ފިސާރި ކަނބަލެއް ކަމަށެވެ.

ދެމަފިރިން ރަށަށް ކުރަމުންދާ މި ދަތުރުގައި މުއާގެ ދަރިފުޅު އައިރީން އަބްދުﷲ މުއާޒް (ރޫބީ) އާއި އައްޒަގެ ދަރިފުޅު އީތަމް އިސްމާއިލް ޖުމައިހްވެސް ބައިވެރިވެ އެވެ. އެ ކުދިންވެސް ދަނީ ރަށުގައި އުފާވެރި ޗުއްޓީއެއް ހޭދަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް