ހުޅުމާލޭ ހިޔާ ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުން އަލުން ފަށައިފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު އެއްބަސްވުމުގައި ސޮއި ކުރުން މެދުކަނޑާލީ އެ މަސައްކަތުގައި އުޅޭ އެޗްޑީސީގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވްވެގެންނެވެ. އަލުން ސޮއި ކުރުން ފެށީ އެޗްޕީއޭއާއި އެކު މަޝްވަރާ ކުރުމަށް ފަހު ދިން ލަފާ އާއި އިރުޝާދާއި އެއްގޮތަށް ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ކުންފުނިން ބުނީ ސޮއި ކުރުން މެދުކަނޑާލަން ޖެހުމުން އެއްކޮށް މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތަާރީހަށް ބަދަލު އަންނާނެ ކަމަށެވެ.
އެގޮތުން މިއަދު އަލުން ފަށައިގެން މިހާރު ތާވަލު ކުރެވިފައިވާ ގޮތުން ފްލެޓު އެއްބަސްވުންތަކުގައި ސޮއި ކޮށް ނިމޭނީ މިމަހުގެ18 ވަނަ ދުވަހު އެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން މިމަހުގެ15 ވަނަ ދުވަހު ހުރިހާ އެންމެންނާއި އެއްކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކޮށް ނިމޭނެ އެވެ.
އެޗްޑީސީން ބުނީ އެޗްޕީއޭގެ ލަފާގެ މަތިން އަލުން ސޮއި ކުރުން ފަށާއިރު އެއްބަސްވުމުގައި ސޮއި ކުުރާނެ ގަލަމާއި އިނގިލީގެ ނިޝާން ޖަހަން "އިންކް ޕެޑް" ގެންދަން ޖެހޭނީ އަމިއްލައަށް ކަމަށެވެ.
އަދި ސޮއި ކުރާ ހޯލަށް ވައްދާނީ ސޮއި ކުރާ ފަރާތާއި ހެކި ވެރިން ބޭނުންވާނަމަ އެ ހެކިވެރިން އެކަނި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް