އައިޕީއެސް ޓްރެއިނިންގ ކޯސް ހަތް ފުލުހަކު ނިންމައިފި

އިންޑިއަން ޕޮލިސް ސަރވިސް ޓްރެއިނިންގެ 71 އަދި 72 ވަނަ ޓްރެއިނިން ކޯހުން ދިވެހި 7 ފުލުހަކު ތަމްރީނު ހާސިލުކޮށްފިއެވެ. އައިޕީއެސް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހެދުނު، އިންޑިއާގެ...

07 Aug 2021 | 05:32

އިންޑިއަން ޕޮލިސް ސަރވިސް ޓްރެއިނިންގެ 71 އަދި 72 ވަނަ ޓްރެއިނިން ކޯހުން ދިވެހި 7 ފުލުހަކު ތަމްރީނު ހާސިލުކޮށްފިއެވެ.

އައިޕީއެސް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހެދުނު، އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ސަރުދާރު ވައްލަބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީގައެވެ.

ކޯސް ނިންމި 7 ފުލުހުންގެ ތެރެއިން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ނާޒިމްވަނީ ޓްރޮފީ ފޮރ އަންއާމްޑް ކޮމްބެޓް އަދި ރޮކް ކްލައިމްބިންގ އިން ވަނަ ހޯދައި ޓްރޮފީ ހާސިލުކޮށްފައެވެ.

މިއަދު ކޯސްނިންމި ހަތް ފުލުހުންނަކީ މިހާތަނަށް ފޭސް 2 ފުރިހަމަ ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނު ދެ ބެޗުގެ ދިވެހި ދަރިވަރުންނެވެ.

އައިޕީއެސް ޓްރެއިނިންއަކީ އިންޑިއާގެ އެކި ސްޓޭޓްތަކުން ހޮވޭ ފަރާތްތަކަށް މަރުކަޒީކޮށް ހިންގޭ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި ތަހުގީގު ކުރުމާއި، ފޮރެންސިކް ސައިންސްގެ އިތުރުން ކްރިމިނޮލޮޖީއާއި ގާނޫނުތަކާ އަދި އެނޫންވެސް ފުލުހުންގެ މަސައްކަތާ ގުޅޭ ބައިތަކުން ކިޔަވައިދީ ތަމްރީނުދެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 1998 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ދަނީ ލިބެމުންނެވެ.

އެގޮތުން، މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފްވެސް ވަނީ 2004 ވަނަ އަހަރު މި ތަމްރީނު ފުރިހަމަކޮަށްފައެވެ. މީގެ އިތުރުންވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ އިސް ސަފުގައި ތިބި ވަރަށް ގިނަ ފުލުހުންވެސްވަނި މި ތަމްރީނު ހަދާފައެވެ.

އައިޕީއެސް ޓްރެއިނިންގެ 73 ވަނަ ބެޗުގައި މިހާރުވެސް ހަތަރު ފުލުހަކު ދަނީ ތަމްރީނު ހަދަމުންނެވެ. އަދި މި އަހަރު އިތުރު ފުލުހުން ފޮނުވުމުގެ ފުރުސަތު މިހާރުވަނީ ލިބިފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް