މެމްބަރުން އިތުރު ކުރުމަށް ޕީޕީއެމްގެ ލީޑާޝިޕް މިއަދު ހއ. އަތޮޅަށް

"މަ ވެސް ޕީޕީއެމް" ނަމުގައި އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމަށާއި އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯއަށް އާންމުންގެ ޚިޔާލު ހޯދުމަށް ކުރާ ދަތުރުގެ ފުރަތަމަ މަންޒިލ...

07 Aug 2021 | 05:27

"މަ ވެސް ޕީޕީއެމް" ނަމުގައި އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމަށާއި އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯއަށް އާންމުންގެ ޚިޔާލު ހޯދުމަށް ކުރާ ދަތުރުގެ ފުރަތަމަ މަންޒިލަށް (ހއ. އަތޮޅަށް) މިއަދު ދަތުރު ފަށައިފިއެވެ.

މި ދަތުރު ފެށިފައިވާ ކަން ހާމަ ކުރައްވައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައި ވަނީ "މ ވެސް ޕީޕީއެމް އަތޮޅު ދަތުރު ހއ. އަތޮޅަށް، ޕީޕީއެމްގެ އެންމެހާ ސަޕޯޓަރުންނާއި ގައުމު ދެކެ ލޯބިވާ އެންމެހާ ލޮބުވެތި ރައްޔިތުން ކަމަރު ބަންނަވާ،" ކަމަށެވެ.

މި ދަތުރުގައި ހއ. އަތޮޅުގެ 14 ރަށަށް ވެސް ލީޑާޝިޕް ވަޑައިގަންނަވާނެ ކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ. އެ ގޮތުން އިހަވަންދިއްޕޮޅުގައި ހިމެނޭ ފަސް ރަށަށް ވަކި ޓީމެއް އަދި ދަށް ބިތުގައި ހިމެނޭ ނުވަ ރަށަށް ވަކި ޓީމެއް ދާ ގޮތަށް ރޭވިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ދަތުރުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި ޝުޖާއު ފާހަގަކުރެއްވި ކަމަކީ، 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ޕީޕީއެމްއިން ތައްޔާރު ކުރާނެ ރިޔާސީ މެނިފެސްޓޯއަށް ޚިޔާލު ހޯދުމެވެ.

މީގެ އިތުރުން ހއ. އަތޮޅުގެ ގިނަ ރަށްރަށުގެ ކައުންސިލްގައި ޕީޕީއެމްގެ މެޖޯރިޓީ އޮތްއިރު، އެ ރަށްރަށުގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭނާއި ތަރައްގީގެ ޕްލޭންތައް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް އޮންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ދަތުރުގައި ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ވަޑައިގަންނަވާ ޓީމު ލީޑުކުރައްވާނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ އަތޮޅު ތަމްސީލް ކުރައްވާ މެންބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް