މާލެއިން ފުރައިގެން ރ އަތޮޅަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވާތީ އެމްއެމްޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯންޏަކީ ރ އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއް ކަމުގައިވާ ރ ކޮއްޓަށްފަރަށް ދަތުރުކުރަމުންދިޔަ، މުދާ އުފުލާ ދޯންޏެއް ކަމަށެވެ.
ދިޔަ ވާން ފަށާފައިވަނީ މާލެ އަތޮޅު ޒިޔާރަތްފުށި ރިސޯޓު ކައިރިން ކަމަށާއި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މާލޭ ރީޖަންގެ ކޯސްޓް ގާޑަށް ލިބުނީ މިއަދު ހަވީރު 4:02 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ ހާދިސާ ހިނގިއިރު ދޯނީގައި ތިބީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށެވެ. ދޯނި ދިޔަވާން ފަށާފައިވަނީ މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް