ބަންދުގައި ތިބި މެންބަރުން މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ކުއްލި މައްސަލައެއް

ފުލުހުންގެ ބަންދުގަ އާއި ކަރެކްޝަންސްގެ ބަންދުގައި ތިބި މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ހާޒިރު ނުކޮށްދޭ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. މިދިޔަ ބުރާސްފަތި...

07 Aug 2017 | 07:15

ފުލުހުންގެ ބަންދުގަ އާއި ކަރެކްޝަންސްގެ ބަންދުގައި ތިބި މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ހާޒިރު ނުކޮށްދޭ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ހުށަހެޅީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އިންތި ހުށަހެޅުއްވި އެ މައްސަލައިގަ ބުނެފައިވަނީ ބަންދުގައި ތިބި ހަތަރު މެންބަރުން މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުކުރަމުން ނުދިއުމަކީ ގާނޫނާއި މަޖިލީހުގެ ގަވާއިދާ ހިލާފު އަމަލެއް ކަމަށެވެ.

އަދި ބަންދުގައި ހުންނަ މެންބަރު ޖަލްސާތަކަކަށާއި ކޮމިޓީތަކަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ބާޔާންކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. ރައްޔިތުން އިންތިހާބު ކޮށްފައި ތިއްބެވި މެންބަރުންގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

އެ މަައްސަލައިގަ ވަނީ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ގޮތްތަކާއި ގޮނޑި ގެއްލިއްޖެ ކަން ކަނޑައަޅާނެ އެންމެ ފަހުގެ ތަނަކީ ސުޕްރީމް ކޯޓުކަމަށް ގާނޫނު އަސާސީގައި ބުނެފަިއވާކަން ފާހަގަކޮށްފައި އެވެ.

ބަންދުގައި ތިއްބެވި މެންބަރުންގެ ތެރެއިން ފުލުހުންގެ ބންދުގައި ތިއްބެވީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު އަދި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ. ކަރެކްޝަންސްގެ ބަންދުގައި ހުންނެވީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނެވެ.

ފުލުހުންގެ ބަންދުގައި ތިއްބެވި މެންބަރު ޖަލްސާއަށް ހާޒިރު ނުކޮށްދޭ ސަބަބެއް ފުލުހުން ހާމަ ނުކުރި ނަމަވެސް ކަރެކްޝަންސް އިން ވަނީ ބަންދުގައި ތިބޭ މެންބަރުން ޖަލްސާއަށް ހާޒިރުކޮށްދެނީ ސުޕްރީމް ކޯޓޫން އެ މާއްދާ ބާތިލްކޮށްފައިވާތީ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް